ފޮނަދޫ ކައުންސިލުން ޝަހީދު އަލީ މިސްކިތުގައި ވިނައިލް އަޅައިފި

Fonadhoo Councilun Shaheed Ali Miskithugai vinyl alhaifi

ރަމަޟާން މަހަށް ޚާއްސަކޮށްގެން ލ. ފޮނަދޫ ކައުންސިލުން ފެށި މިސްކިތްތަކުގައި ވިނައިލް އެޅުމުގެ މަސައްކަތުގެ ތެރެއިން އެރަށުގެ މަސްޖިދުލް ޝަހީދު ޢަލީ ވެސް ވިނައިލް އަޅާ ނިންމާލައިފިއެވެ.

ފޮނަދޫ ކައުންސިލުން ވަނީ މި ރަމަޟާން މަހުގެ ތެރޭގައި އެރަށުގެ މަސްޖިދުލް ބިލާލް އާއި މަސްޖިދުލް ޢުލާގައިވެސް ވިލައިލް އަޅާފައެވެ. ފޮނަދޫ ކައުންސިލުން މިސްކިތްތަކުގައި ވިނައިލް އެޅުމުގެ މަސައްކަތް އެރިސް ޑެކަރ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ އަގު 66،7305 ރުފިޔާއަށް އަރައެވެ.

މި މަސައްކަތުގައި އެރިޝްޑެކަރ ކުންފުނިގެ އިތުރުން ވެމްކޯ ފޮނަދޫ ކަލެކްޝަން ސެންޓަރ އަދި ސަންކްސަން އިންވެސްޓްމެންޓް ވެސް ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، އާއްމު ބައެއް ފަރާތްތަކުންވެސް ވިނައިލް އެޅުމުގެ މަސައްކަތުގައި ވަނީ ބައިވެރިވެފައެވެ.



 

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted