ގަމުގައި ބޭއްވި ދިރާގުގެ ގުޑިފެސްޓަށް ބޮޑު ތަރުހީބެއް
Gamugai beyhvi Dhiraaguge gudifest ah bodu tharuheebeh

ދިރާގުން ލ.ގަމުގައި މިއަދު ބޭއްވި ގުޑިފެސްޓަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ހަރަކާތުގުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު، ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ގަމު ޒޯން ސްޓޭޑިއަމްގައެވެ. މިއީ ދިރާގުން ހުރިހާ އުމުރުފުރާއަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ކޮންމެ ބައިވެރިއަކަށް ދިރާގުގެ ފަރާތުން ހިލޭ ގުޑިއެއް ވަނީ ހަދިޔާކޮށްފައެވެ.
2023 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ގުޑިފެސްޓް ހަރަކާތް ބާއްވަމުންނެވެ. މިހަރަކާތުގެ މަގުސަދަކީ ރަމަޟާން މަހު ދިވެހިންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި ފެނިގެންދާ ގުޑިއެރުވުމަށް އަހުލުވެރިކުރުވުމެވެ.