ޢުމްރާގެ އަޅުކަމަށްފަހު ބައްޔެއްގެ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި

Umra ge alhukamah fahu bayyeh ge alaamaatheh fenijje nama doctor ah dhehkumah ilthimaas kohfi

ޢުމްރާގެ އަޅުކަމަށްފަހު އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ޢުމްރާއަށްފަހު އަންނަ މީހުން އަރިދަފުސް ރޯގާޖެހި ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި އެތަކެތި ނައްތާލުމަށާއި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައިވެއެވެ. އަދި ދަތުރުމަތީގައާއި ޙައްޖު ނުވަތަ ޢުމްރާ އަދާ ކުރުމުގައި އުޅޭއިރު މާސްކު އެޅުމަށްވެސް ލަފާދީފައިވެއެވެ.

އެޗްޕީއޭއިން ވަނީ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސައި ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދީފައެވެ. ހަމަމިއާއެކު، ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދޭން ވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތަކުގެ ތެރޭގައި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން، އަރާމުކުރުން،ހުން ގަދަނަމަ ގައިގައި ފެން އުނގުޅުން އަދި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުން ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted