ދިގު ޗުއްޓީއަކަށްފަހު ދިރާސީ އަހަރުގެ ކިޔެވުން ފަށައިފި

Dhigu chuhtee akah fahu dhiraasee aharuge kiyevun fashaifi

ދިގު ޗުއްޓީއަކަށްފަހު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ ނުވަދިހަ ހާހެއްހާ ދަރިވަރުންނާއެކީގައެވެ. އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްގައި 84،000 އަށް ވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި، 11،000 އަށްވުރެ ގިނަ ޓީޗަރުން އެކި ސްކޫލުތަކުގައި މަސައްކަތްކުރަމުންދާނެ ކަމަށް ވެސް އެޑިއެކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރު މުޅި ރާއްޖެއިން 5000 އަށް ވުރެ ގިނަ ދަރިވަރުން ގްރޭޑް 1 އަށް ވަށްދާފައިވާއިރު، މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަަހައްދުގެ ސްކޫލްތަކަށް 1200 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބަދަލުވެފައެވެ.

މީގެއިތުރުން،ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު، ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަވެފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ދިރާސީ އައު އަހަރު ނިމޭނީ މިއަހަރު ޑިސެމްބަރު 28 ގައެވެ.ކުރިން އަހަރު މެދުތެރޭގައި ފަށަމުން އައި ދިރާސީ އަހަރު، އަހަރުގެ ކުރީކޮޅު ފަށާގޮތަށް މި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments