ގަމު ކައުންސިލުން ގޯތި ދޫކުރުމުގެ އިތުރު ބުރެއް ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

Gamu Council in goathi dhookurumuge ithuru bureh beyhvumah rayyithunge hiyaalu hoadhanee

ގޯތި ދޫކުރުމުގެ އިތުރު ބުރެއް ބޭއްވުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ލ. ގަމު ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން ގަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ ފުރަތަމަ 4 މަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި ކައުންސިލް އިދާރާގެ ގޯތި ތެރޭގައި އޮންނާނެކަމަށެވެ. އަދި މި ބައްދަލުވުމުގެ އެޖެންޑާ ކައުންސިލްގެ އިއުލާނާއެކު އެއްކަރުދާސްކޮށްފައިވެއެވެ.

ބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމާއި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުން ގަމުގައި ކޮމިއުނިޓީ ބޭސްޑް ރިހިބިލޭޝަން ސެންޓަރ ޤާއިމްކުރުމަށް ބިމަކަށް އެދިފައިވާތީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން އަދި ރަށުގެ ރަށްވެހިކަމުގައި ޖެއްސުމާއި ވަކިކުރުމަށް ފީ ނެގުމާއި މެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން ހިމެނެއެވެ، މީގެއިތުރުން، ގޯތި ދޫކުރުމުގެ އިތުރު ބުރެއް ބޭއްވުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ގަމު ކައުންސިލުން ވަނީ ގަމުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދިއުމަށް ދައުވަތު އަރުވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments