ގަަމުގައި ފެންފޯށް ރުކަކުން ވެއްޓުނު ޒުވާނެއްގެ ހާލު ސީރިއަސް

Gamugai fen foah rukakun vehtunu zuvaanehge haalu serious

ލ.ގަމުގައި ފެން ފޯށް ރުކަކުން ޒުވާނަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެންފޯއް ކަނޑަން އުޅެނިކޮށް، ވެއްޓި ފަރުވާ ދެމުން ގެންދަނީ ގަމަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކަށެވެ. އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، މިހާރު އިތުރު ފަރުވާއަށް ވަނީ މާލެ ގެންގޮސްފައެވެ.

މި ޒުވާނާ ވެއްޓުނީ 60 ފޫޓް މަތިން، ފެންފޯށް ކަނޑަން އުޅެނިކޮށް ރުށް ބިންދައިގެން ގޮސްގެނެވެ. އަދި ވެއްޓުނީ ގާފުންޏެއްގެ މައްޗަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވާއިރު، މޭގެ އެއްފަރާތުގެ ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted