އިސްދޫ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން މިމަހު 16 ގައި ބާއްވަނީ

Isdhoo council ge rayyithunge bahdhaluvun mi mahu 16 gai baahvanee

ލ. އިސްދޫ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން މި މަހު 16 ގައި ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

އިސްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ 4 މަހުގެ ތެރޭގައި ބާއްވާ އެއްވަނަ ބައްދަލުވުން މިމަހުގެ 16 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ހައްދުންމަތީ އިސްދޫ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްދޫ ކައުންސިލުން ވަނީ އެ ބައްދަލުވުގެ އެޖެންޑާވެސް ހިއްސާކޮށްފައެވެ. އެގޮތުން، އެ ބައްދަލުވުމުގައި 2022 އިން 2026 އަށް ތައްޔާރުކޮށްފައިވާ ތަރައްޤީ ޕްލޭން ރިވިއުކޮށް ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާއިރު، ލޭންޑް ޔޫސް ޕްލޭން އާއި ރަށުގެ އިޚްތިޞާޞް އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުން ހިމެނެއެވެ.

އިސްދޫ ކައުންސިލުން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެރަށުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments