ގަމު ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން މި މަހު 30 ގައި!

Gamu council ge rayyithunge bahdhaluvun mi mahu 30 gai!

ލ.ގަމު ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން މި މަހު 30 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ގަމު ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ޖުލައި މަހު ކައުންސިލުން ބާއްވާ ރައްޔިތުންނާއި ބައްދަލުކުރުން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެރޭ 20:30 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެ ކަމަށެވެ.

މިބައްދަލުވުމުގައި މިއަހަރުގެ ކައުންސިލުގެ 6 މަސްދުވަހުގެ ރިޕޯޓާއި ، ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ހިއްސާކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. ބައްދަލުވުމުގެ އެޖެންޑާވެސް އިއުލާނާއެކު ވަނީ ގެޒެޓްކޮށްފައެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާމެދު ރައްޔިތުންގެ ހިޔާލު ހޯދުމާއި ސުވާލުކުރުން ވެސް ކުރިއަށްދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted