ކުނަހަންދޫ ކައުންސިލުގެ މަޝްވަރާ ބައްދަލުވުން މިމަހު 28 ގައި ބާއްވަނީ

Kunahandhoo Council ge mashvaraa bahdhaluvun mimahu 28 gai baahvanee

ލ. ކުނަހަންދޫ ކައުންސިލުގެ ރައްޔިތުންނާއި ބައްދަލުކުރުން މިމަހު 28 ގައި ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ،

ކުނަހަންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ބާއްވަން ޖެހޭ މަޝްވަރާ ބައްދަލުވުން މިމަހު 28 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ކުނަހަންދޫ ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ.

އެ އިއުލާނުގައި ބައްދަލުވުމުގެ އެޖެންޑާވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، ތަރައްގީ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޝްވަރާކުރުމާއި، 2022 އިން 2026 އަށް ތައްޔާރުކޮށްފައިވާ ތަރައްގީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ރިވިއުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުން އެ ބައްދަލުވުމުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކައުންސިލުން ކުރިއަށްދާ ކަންކަމުގައި މަޝްވަރާކުރުމާއި ރައްޔިތުންގެ ޚިޔާލު ހޯދުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ކުނަހަންދޫގެ އެންމެހާ ރައްޔިތުން ބައިވެރިވުމަށް އެރަށު ކައުންސިލުން ވަނީ ދައުވަތު އަރުވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted