އެންޓިބަޔޮޓިކްގެ ފޭކު ބޭސްތަކެއް ދައުރުވާތީ ސަމާލުވުމަށް އެދިއްޖެ

Anti-boiotic ge fake batch eh dhauruvaathee samaaluvaan edhihje

އިންޑިއާގެ ކުންފުންޏަކުން އުފައްދާ އެންޓިބަޔޮޓިކް ފޭކު ބޭސްތަކެއްގައި މައްސަލައެއް އުޅޭކަން ފާހަގަވެފައިވާތީ ސަމާލުވާން އެދިއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ، ”މެކްސްހީލް ފާމަސޫޓިކަލް“ އިންޑިއާ ލިމިޓެޑުން އުފައްދާ ”އެމޮކްސިސިލެން ކެޕްސޫލް“  ގެ ފޭކު ހަތަރު ބެޗެއް ބައެއް ގައުމުތަކުގައި ދައުރުވަމުން އަންނަ ކަމަށެވެ.އެގޮތުން،ކެމަރޫން އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި މައްސަލަ ޖެހިފައިވާ ކަމަށް ފާހަގަވި ހަތަރު ބެޗުގެ ބޭސް ދައުރުވަމުންދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ އަންގާފައެވެ.

ނަމަވެސް، އެމްއެފްޑީއޭ އިން ބުނީ މިބެހުގެ އެއްވެސް ބެޗެއް ބޭސް އިމްޕޯޓްކުރުމަށް ކަނޑާއަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން އެ އަތޯރިޓީއިން ޔަގީންކޮށްފައިވާ ކަމަށެވެ. އެހެންނަމަވަވެސް، އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ގައުމަކަށްވާތީއާ، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބައެއް ފަރާތްތަކުން ބޭސް އެތެރެކުރާތީވެ، މިކަމަށް ސަމާލުވުމަށް އެ އަތޯރިޓީއިން ވަނީ އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments