ގަމުގައި އަޅަން ބުނި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރިއިރު، އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ: މިނިސްޓަރ

Gamugai alhan buni cancer hospital Male' ah badhalu kuri iru, amalee massakkaiy fesheyne dhuvaheh neyngey: Minister

ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލް މި ސަރުކާރުން މާލެއަށް ބަދަލުކޮށްފައިވާއިރު، މި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ނޭނގޭ ކަމަށް ހެލްތު މިނިސްޓަރު އަބްދު ﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވަނީ ރައީސް އޮފީސް އަދި ދައުލަތުގެ މީޑީއާއިން ކުރިއަށްގެންދާ އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިިނިސްޓަރ ވިދާޅުވީ ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ކުރިޔަށް ގެންނާނެކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި 50 އެނދުގެ ކެންސަރު ހޮސްޕިޓަލެއް ގާއިމު ކުރުމަށް ވައުދުވީ މިދިޔަ ދައުރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. ނަމަވެސް މިސަރުކާރުން ވަނީ ކެންސަރު ހޮސްޕިޓަލް މާލޭގައި އެޅުމަށް ނިންމާފައެވެ. މި ސަރުކާރުން ކެންސަރު ހޮސްޕިޓަލް މާލޭގައި އެޅުމަށް ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ބުނެއެވެ.

ގަމު ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރުމުން ގަމު ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ކަންބޮނޑުވުން ފާޅުކޮށް، މުޒާހަރާ ވެސް ކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted