ރިދަމް ބޮޑުބެރުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ!
Rhythm Boduberu ge media partner akah Laamu MV!

ރިދަމް ބޮޑުބެރުގެ މީޑިއާ ޕާޓްނާގެ ގޮތުގައި ލާމު އެމްވީ ހަމަޖައްސައިފިއެވެ.
ރިދަމް އާއި ލާމު އެމްވީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ރިދަމް ބޮޑުބެރުގެ ޝޯތަކާއި ހަރަކާތްތަކުގެ ހުރިހައި އަދާހަމައެއް ލާމުއެމްވީ އިން ގެނެސްދޭނެއެވެ. އަދި ރިދަމް އިތުރަށް ޕްރޮމޯޓް ކުރުމުގައި ލާމު އެމްވީ އިން ހަރަކާތްތެރިވާނެއެވެ.
ރިދަމް އަކީ މިވަގުތު ލ.އަތޮޅުގައި އޮތް އެންމެ ފުންނާބު އުސް ބެރު ގުރޫޕެވެ. އެ ގުރޫޕުން ދަނީ ލ.އަތޮޅުގެ އެކި ރަށްރަށުގައި ބާއްވާ ހާއްސަ ހަރަކާތްތަކާއި، މުބާރާތްތަކުގައި ހުނަރު ދައްކަމުންނެވެ. މީގެއިތުރުން، ރިދަމް ބޮޑުބެރު ގައި ލ.އަތޮޅުގެ ހުނަރުވެރި އެތަކެއް ޒުވާނުން ތިބިއިރު، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ އެ ގުރޫޕަށް ލިބިފައެވެ.