މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ އަސަރުތައް: މެޓް އޮފީސް

Mihaaru kuramundhaa vihsaara akee hulhangu moosumuge asaruthah: Met Office

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުމުގެ އަސަރުތައް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަަކަށް ނޮވެމްބަރު މަހުގެ ނިޔަަލަށެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރެއެވެ.އެއަށްފަހު، މި މޫސުމުގެ އަސަރުތައް މެދު ރާއްޖެތެރެއަށް ފޯރައެވެ. އަދި އާއްމުކޮށް، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭ ކަމަށް މެޓް އިން ބުނެއެވެ.

މެޓް އޮފީހުން ބުނީ މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހުގެ 7 ވަނަ ދުވަހުގައި ކަމަށެވެ.
މެޓް އޮފީހުން ހުޅަނގު މޫސުން ފެށިއްޖެ ކަމަށް ބަލަނީ މެއި މަސް ފެށުމުންް، ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރުގެ ނުވަތަ އިތުރަށް ވާރޭ ވެހިއްޖެނަމައެވެ. އަދި ހުޅަނގު މޫސުން ފެށުމުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ގުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އިން އާއްމުގޮތެއްގައި ލަފާކުރެއެވެ.

އެ އިދާރާއިން ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments