ރިދަމް ބޮޑުބެރުގެ ޕްލެޓިނަމް ސްޕޮންސަރަކަށް ގަމު ކައުންސިލް
Rhythm Boduberu ge Platinum Sponsor akah Gan Council

މޯލްޑިވްސް އެކްސްޕޯ 2025 ގެ ބޮޑުބެރު މުބާރާތުގައި ވާދަކުރާ ރިދަމް ބޮޑުބެރުގެ ޕްލެޓިނަމް ސްޕޮންސަރަކަށް ހައްދުންމަތީ ގަމު ކައުންސިލް އިދާރާ ހަމަޖައްސައިފިއެވެ.
މި މަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ވެގެންދާނީ މިހާތަނަށް ރިދަމް އަށް އެ ގުރޫޕުގެ ހުނަރު ދައްކާލަން ލިބޭ އެންމެ ރަނގަޅު ފުރުސަތަށެވެ.
24 މެންބަރުންނާއެކު 10 ދުވަސް މާލޭގައި ހޭދަކުރަން ޖެހޭއިރު، ރިދަމް އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތަކީ ގަމު ކައުންސިލެވެ. އެގޮތުން، ގަމު ކައުންސިލުން ޕްލެޓިނަމް ސްޕޮންސާ ދޭން ނިންމިކަމަށްޓަކައި ރިދަމް އިން ވަނީ ގަމު ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.
ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، ރިދަމް ގުރޫޕަކީ ގަމަށް ނިސްބަތްވާ ގުރޫޕަކަށް ވެފައި، ގަމުގެ ޒުވާނުން ގިނަ ގުރޫޕެއް ކަމުން މާލެ ގޮސް ޕާފޯމް ކުރުމަކީ ރަށް ޕްރޮމޯޓް ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ޒުވާނުންނަށް ހުނަރު ދައްކާލުމަށް އެ ފުރުސަތު ހޯދަދޭން ކައުންސިލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ޒުވާނުންނަށް ހުރި ދަތިތައް ފިލުވައިލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރިދަމް އަށް ރާއްޖެއިން ބޭރުގައިވެސް ޕާފޯމް ކުރަން ފުރުސަތު ހޯދަދޭން ބޭނުންވާ ކަމަށެވެ. އެގޮތުން، އެމްބަސީ ތަކަށް ހުށަހަޅައިގެން، އެ ފުރުސަތު ހޯދަދޭން މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި މާލެ ގޮސް ޕާފޯމް ކުރުމަކީ އޭގެ ފުރަތަމަ ފިޔަވަޅުކަން ވަނީ ފާހަގަކުރައްވާފައެވެ.
ރިދަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ގަމު ކައުންސިލް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ. އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަން، ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ)، ރިވެރީސް، ޝަބްނަމީ، ހޮރައިޒަން ފިޝެރީސް، ޕާލް ޝޮޕް، މާޒިޔާ، އެލްއެލްވައި މާޓް، ރިއަލް ޖާޒީ، ޝާއްޓޭ އިންވެސްޓްމަންޓް، އޯ ސިކްސް، ނޫފަރު، ޖެކްސް ކެފޭ، ކިވާނޯ، ލޮޒާނޯ، ޕިޒްކާ، ރަސްހިންނެ ސްޕޯޓްސް ކްލަބް، މާހިންނަ ޔުނައިޓެޑް، ސްޓޭޖް ކޯ، ބަލްކް ޑެޕޯޓް، ޑިގް އިޓް ފިޔުލް އަދި ސޭންސް ހައުސް އެވެ. މީގެއިތުރުން، ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށް ރިދަމް އިން ވަނީ މައުލޫމާތު ދީފައެވެ. ރިދަމް އިން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.