ސްކޫލްތަކުގައި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދޭތީ އިލްމުވެރިންގެ ގުޅުމުން ކަންބޮނޑުވުން ފާޅުކޮށްފި

School thakugai dhe jinsu mas hunikoh kiyavaidheythee ilmuveringe gulhumun kanboduvun faalhu kohfi

ރާއްޖޭގެ ސްކޫލްތަކުގައި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދޭތީވެ، އިލްމުވެރިންގެ ގުޅުމުން ކަންބޮނޑުވުން ފާޅުކޮށްފިއެވެ.

އިލްމުވެރިންގެ ގުޅުމުން ވަނީ ދެޖިންސު މަސްހުނި ނުކޮށް ސްކޫލްތަކުގައު ކިޔަވައިދެވޭނެ އިންތިޒާމެއް ހަމަޖައަސަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓަރުގެ ކިބައިން އެދިފައެވެ.

އެ ޖަމިއްޔާއިން ވަނީ މިނިސްޓަރަށް ސިޓީ އެއް ފޮނުއްވާފައެވެ. އެ ސިޓީގައި ބުނަނީ  2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި ދެ ޖިންސު މަސްހުނި ނުކޮށް، ވަކި ކޮށްގެން ކިޔަވައިދިން ކަމަށެވެ.

އެހެންނަމަވެސް އޭގެ ފަހުން ގެނައި ބަދަލުތަކަކީ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ސަޤާފަތާ ބީރަށްޓެރި، ސެކިއުލާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ ދެ ޖިންސު އެއްކޮށް ކިޔަވައިދިނުމުން، ދަރިވަރުންގެ އަޚުލާގަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted