ލެންޓަރން ނައިޓް އާއި ހަވާ އެރުވުމާއެކު ހިތަދޫގައި ކުލަގަދަކޮށް އީދު ފާހަަގަ ކުރަނީ

Lantern night aai havaa eruvumaaeku hithadhoogai kula gadhakoh eid faahaga kuranee

ލެންޓަރން ނައިޓް އާއި ހަވާއެރުވުމާއެކު ލ.ހިތަދޫގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ހިތަދޫ ކައުންސިލުން ނިންމައިފިއެވެ.

އީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ލެންޓަރން ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހައްޖު ދުވަހުގެ ރޭ 20:30 ގައެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ވޯޓަރް ޕާކުގައެވެ.

އެރަށު ކައުންސިލުން ވަނީ 5 ދުވަހަށް ބަހާލައިގެން އީދު ކުޅިވަރުތައް ކުޅުމަށް ރާވާފައެވެ. އެގޮތުން އީދުގެ ފުރަތަމަ ދުވަހު ތަފާތު އެކި ކުޅިވަރުތައް ކުޅުމަށް ހަަމަޖެހިފައިވާއިރު، އެދުވަހު ހަވީރު ފުޅަނދުބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.އެއަށްފަހު، އީދުގެ ފުރަތަމަ ދުވަހު ރޭ ހަވާއެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަވާއެރުވުމަށްފަހު، ރާއްޖޭގެ މަގުބޫލު ނަށާ ގްރޫޕެއް ކަމަށްވާ ހިޔަލަ އާއެކު ސްޓޭޖް ޝޯވް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އީދު ދެވަނަ ދުވަހަށް ހާއްސަކޮށްފައިވާ ކުޅިވަރުތަކުގެ ތެރޭގައިކެނޯރޭސް، ވާދެމުން ،ސަގާފީ ނެށުން އަދި ބޮޑުމަސްދުއްވުން ހިމެނެއެވެ.

އީދުގެ ތިން ވަނަ ދުވަހުގައި ބޮޑެތި މީހުންގެ ކުޅިވަރުތަކާއި، ކުޑަކުދިންގެ ހަވީރު އަދި ސްޓޭޖް އައިޓަމްސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަތަރުވަނަ ދުވަހުގައި ފިރިހެނުންގެ ތަކުބީރު އަދި ”ސްޓޭޖް ޝޯވް ވިތް ޓްރެފިކްސް“ ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، އީދުގެ އެންމެ ފަހު ކުޅިވަރަކަށް އީދުގެ 5 ވަނަ ދުވަހު ހަވީރު ފިރިހެން ތަކުބީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted