ރިދަމް ފައިނަލަށް، މުޅި ލާމަށް ބޮޑު ފަހުރެއް!

Rythm final ah, mulhi laamah bodu fahureh!

”ބޮޑުބެރު ޗެލެންޖު 2025“ ގެ ފައިނަލުން ރިދަމް ބޮޑުބެރު ގުރޫޕް އިން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގައި ތިން ޓީމަކުން ފައިނަލްގައި ވާދަކުރާއިރު، އޭގެ ތެރެއިން ދެ ޓީމު ފައިނަލަށް ދަތުރުކުރާނީ ފަނޑިޔާރުންގެ މާކުހުންނެވެ. އެގޮތުން، މިރޭ ގްރޫޕްތަކުން ހުށަހެޅި ހުށަހެޅުމަށްފަހު ފައިނަލްއަށް ދަތުރުކުރާ ޓީމު ވަނީ ކަށަވަރުވެފައެވެ. ފަނޑިޔާރުގެ މާކުހުން ފައިނަލްއަށް ދަތުރުކޮށްފައިވަނީ 1438 ބޮޑުބެރު ގުރޫޕް އަދި ރިދަމް ބޮޑުބެރު ގްރޫޕެވެ.

ރިދަމް އިން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ޖަޖުންގެ 483 މާކުހާއެކުގައެވެ. މިރޭވެސް ރިދަމް އިން ހުށަހަޅައިދީފައިވަނީ އަމިއްލަ ލަވައެކެވެ. ހިތްގައިމު ނަލަ
ލަވަ އެއް ލީޑް ވޯކަލިސްޓް މުހައްމަދު އަފްސަރު (ދަތްޕި) ހުށަހަޅައިދީފައވާއިރު، އެ ގްރޫޕް އިން ބުނަނީ ކުރިއަށް ހުރީވެސް އަމިއްލަ އުފެއްދުންތައް ކަމަށެވެ.

މުބާރާތުގައި ފައިނަލްއާ ހަމައަށް ދަތުރުކުރުމަކީ ރިދަމްގެ އަމާޒެކެވެ. ރިދަމް އިން މިވަނީ އުއްމީދާ އަށް ހަމައަށް ވާސިލްވެ، މުޅި ލާމު ފަހުރުވެރިކޮށްލާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted