ކޮމަންވެލްތު ދުވަސް ޤައުމީ ފެންވަރުގައި ޙަމަދު ސުކޫލުގައި ފާހަގަކޮށްފި!

މި އަހަރުގެ ކޮމަންވެލްތު ދުވަސް ޤައުމީ ފެންވަރުގައި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލްގައި ފާހަގަ ކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، 13 މާރިޗު 2023 ވީ އަންގާރަ ދުވަހު، ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި ހިނގާލުމެއް ވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލުން ބާއްވާފައެވެ. މި ދިދަ ނެގުމުގެ ރަސްމިއްޔާތާއި ހިނގާލުމުގައި ބައިވެރިވި ކުދިން ބައިވެރިވީ ކޮމަންވެލްތު ޤައުމުތަކުގެ ހެދުން އަޅައިގެން އެ ޤައުމުތަކުގެ ދިދަ ހިފައިގެންނެވެ. މި ދެ ޙަރަކާތް ވެސް ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްގެ ސެކްޓަރީ ބައިލެޓެރަލް ޑރ.ހާލާ ޙަމީދެވެ. ކޮމަންވެލްތަކީ ސުލްޙަ މަސަލަސްކަމާއި އަމަން އަމާން ކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެެކެވެ. މި ޖަމިއްޔާގައި މިހާރު 56 ޤައުމު ބައިވެރިވެފައިވެއެެވެ. ކޮމަންވެލްތު އިން ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން އަންހެނުން  ޒުވާނުން ފަހި ފުރުޞަތުތައް އެކި ދާއިރާތަކުން ހޯދައިދެެއެވެ. ނިމިދިޔަ ސަރުކާރުން ވަނީ ދިވެހިރާއްޖެ، ކޮމަންވެލްތުން ވަކިވެފައެވެ. އަދި އަލުން ކޮމަންވެލްތާއި ދިވެހިރާއްޖެ ގުޅުނުތާ މި ވީ 3 އަހަރެވެ. ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ގިނަ ފުރުޞަތުތަކެއް ގެއްލުނު ކަމަށާއި، އަދި އަލުން ގުޅުމުން އެ ފުރުޞަތުތައް ފަހި ވެއްޖެކަމަށް ޑރ.ޙާލާ ޙަމީދުގެ ވާހަކަފުޅުގައި ފާހަގަކޮށްލެއްވިއެެވެ. ކޮމަންވެލްތު ޗާޓަރ ތައްޔާރު ކުރެވުނުތާ މި އަހަރަށް މި ފުރުނީ 10 އަހަރެވެ. ކޮމަންވެލްތު ދުވަސް ޤައުމީ ފެންވަރުގައި ރާއްޖެތެރޭ ރަށެއްގައި ފާހަގަކުރި މިއީ ފުރަތަމަ ފަހަރެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments