ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވްމެބަރު 2 ވެސް ބަންދު!

Nasruge dhuvahuge munaasabathugai november 2 ves bandhu!

ނަސްރުގެ ދުވަހާއި ގުޅިގެން، ނޮވެމްބަރު މަހުގެ2 ވަނަ ދުވަސް ވެސް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި، ހަމަޖެއްސި ކަން ހާމަކުކޮށްފައިވަނީ މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައެވެ.

މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި، ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވަނީ، ނަސްރުގެ ދުވަހަކީ ސަރުކާރުގެ ބަންދު ދުވަހަކަށް ވުމާއެކު، ނަސްރުގެ ދުވަސް ގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ 2 ނޮވެމްބަރު ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމުންނެވެ.

ރައީސްގެ މި ނިންމެވުމާއެކު،ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ހަފުތާ ބަންދާއެކީގައި،4 ދުވަސް ޗުއްޓީ ލިބޭނެއެވެ،

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted