ގަމު ފެރީ ޓާމިނަލްގައި ފިހާރައެއް ހިންގުމަށް ކުއްޔަށް ދޫކުރަނީ

Gamu ferry terminal gai fihaara eh hingumah kuhyah dhookuranee

ލ.ގަމު ފެރީ ޓާމިނަލްގައި ފިހާރައެއް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ގަމު ކައުންސިލުން ނިންމައިފިއެވެ.

ގަމު ކައުންސިލުން ގެޒެޓްކޮށްްފައިވާ އިއުލާނެއްގައި ބުނީ ލ.ގަމު ފެރީ ޓާމިނަލްގެ ދެކުނުބައިގައި ފިހާރައެއް ހިނގުމަށް ކުއްޔައް ދިނުމަށްނިންމާފައިވާ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށެވެ.

ބިޑް ޑޮކިއުމެންޓް ގަތުމުގެ ސުންގަޑިއަކީ މިމަހުގެ 23 ވަނަ ދުވަހުގެ 12:00ގެ ކުރިންނެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ 500 ރުފިޔާއެވެ.

ބީލަން ހުށަހެޅުން އޮތީ މިމަހުގެ 26 ވަނަ ދުވަހުގެ 13:00 ގައި ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ  އެއް އަންދާސީހިސާބެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments