ލ. އަތޮޅުގައި ބަޔޯސްފިއަރ ރިޒާވް ކަނޑައެޅުމަށް ގަމު ރައްޔިތުންގެ ހިޔާލު ހޯދަނީ

Laamu atoll gai biosphere reserve kanda elhumah gamu rayyithunge hiyaalu hoadhanee

ދިވެހިރާއްޖޭގެ ހަތަރު ވަނަ ބަޔޯސްފިއަރ ރިޒާވްގެ ގޮތުގައި ލ.އަތޮޅު ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުމަށް ބޭނުންވާ ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތުގެ ތެރެއިން ގަމުގެ ރައްޔިރތުންގެ ހިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ ރޭ 20:00 ގައި ގަމު ކައުންސިލް އިދާރާގައެވެ. މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދަނީ ޔުނިވާރސިޓީ އޮފް ނިއު ސައުތު ވޭލްސް އާއި މޯލްޑިވްސް ރެސީލިއަންޓް ރީފްސްއާ ގުޅިގެންނެވެ.

ގަމު ކައުންސިލުން ވަނީ ވީހާވެސް ގިނަ ރައްޔިތުން ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ގުޅާނ ީ9799616 ނަމްބަރަށެެވެ.

2028 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މިހާރު އޮތް 3 ބަޔޯސްފެއަރ ރިޒާވްއާއި ހިމާޔަތްކުރެވިފައިވާ 92 ސަރަހައްދުގެ އިތުރުން، އިތުރު 3 ސަރަޙައްދެއްގައި ބަޔޯސްފެއަރ ރިޒާވް ހެދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted