ގާދޫގައި މަސައްކަތްކުރާނެ އެސިސްޓެންޓް ސީ ޓާޓަލް ރޭންޖަރ އެންޑް ކޮމިއުނިޓީ އޮފިސަރެއް ހޯދަނީ
Gaadhoogai masahkaiy kuraane assistant sea turtle ranger and community officer eh hoadhanee

ލ.ގާދޫގައި ވެލާ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެސިސްޓެންޓް ސީ ޓާޓަލް ރޭންޖަރ އެންޑް ކޮމިއުނިޓީ އޮފިސަރެއް ހޯދުމަށް އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) އިއުލާނުކޮށްފިއެވެ.
މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހެވެ. މި މަގާމަށް ހޮވިއްޖެނަމަ ކުރަން ޖެހޭ މަަސައްކަތްތަކަކީ ގާދޫ ވެލާ އަރާ ސަރަހައްދު ބެލެހެއްޓުމަށް އެހީތެރިވެދިނުމާއި ވެލާ ހިމާޔަތްކުރުމަށް ހިންގާ އެކި އެކި ޕްރޮޖެކްޓްތަކުގައި އެހީތެރިވެދިނުމެވެ. މީގެއިތުރުން، ލާމު އަތޮޅުގައި އެކިކަހަލަ ތައުލީމީ ހަރަކާތްތައް ހިންގުމުގައި އޯއާރްޕީ ލާމު ޓީމަށް އެހީތެރިވުމާއި ގާދޫގެ ކުރީގެ ރައްޔިތުންގެ ތާރީޚީ ޢިލްމު ސާރވޭތަކަށް އެހީތެރިވުން ހިމެނެއެވެ.
މި މަގާމަށް އެދި ހުށަހަޅާއިރު، އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަ ވާންޖެހެއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި ދިވެހި ރާއްޖޭގައި ވެލާކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ އަމިއްލަ ޖަމިއްޔާ އޮލިވް ރިޑްލީ ޕްރޮޖެކްޓާއި ގުޅިގެން، ލ. ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓާ ހިމާޔަތްކުރުމުގެ ގޮތުން ހައްދުންމަތީ އަތޮޅު ކައުންސިލާއި ލ. ފޮނަދޫ ކައުންސިލް އަދި އެގްރޯނޭޝަނަލް ކޯޕަރޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ 2023 ވަނަ އަހަރުގައެވެ.