ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް އިނާޔަތް ދެނީ

Dhunfathuge isthiumaalu kurun huhtaalaa rahrashuge meehunnah inaayaiy dhenee

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް އިނާޔަތް ދިނުމަށް ދިރާސާކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް މުއިއްޒު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ އަންނަ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒުކުރުމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments