ބީއެމްއެލްގެ ސްކޯލާރޝިޕް ފަންޑަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

BML ge scholarship fund ah edhi hushahelhumah hulhuvaalaifi

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހިންގާ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގް ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ  އެންމެ ފަހު ތާރީހަކީ މިއަންނަ މަހު 10 އެވެ. އޭލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ، އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނެއެވެ.

ބީއެމްއެލް އިން ބުނީ، މި ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސައިދޭނެ ކަމަށެވެ.

މި ސްކޮލާޝިޕަކީ ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން މި ދާއިރާއިރާއިން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted