ތ. އަތޮޅާއި ލ.އަތޮޅުގެ ލޯންޗު ފެރީ ޝެޑިއުލް އަށް ބަދަލުތަކެއް!
Thaa atoll aa laamu atoll ge launch ferry schedule ah badhalu thakeh!

ތ.އަތޮޅާއި ލ.އަތޮޅުގެ ލޯންޗު ފެރީގެ ޝެޑިއުލް އަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ބުނީ ތ.އަތޮޅާއި ލ.އަތޮޅާާއި ދެމެދު އެކުންފުނިން ފޯރުކޮށްދޭ ސްޕީޑް ފެރީގެ ޝެޑިއުލް ދަތުރުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން, މާދަމާ އިން ފެށިިގެން ތ.އަތޮޅުގެ ހުރިހާ ރަށަކުންވެސް ލ.އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޮޓްލަައިން 1650 އާގުޅުމުން ލިބޭނެއެވެ. ލޯންޗު ފެރީގެ ޝެޑިއުލް އެމްޓީސީސީގެ ރަސްމީ ވެބްސައިޓުން ފެންްނަން ހުންނާނެއެވެ.