ޒިއަމެން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް، ސިޓީސް މިނިސްޓަރާ ހަވާލުކޮށްފި

Xiamen Laamu marathon 2025 ge rasmee kit, Cities minister aa havaalu kohfi

”ޒިއަމެން ލާމު މެރަތަން 2025“ ގެ ރަސްމީ ކިޓް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް އާ ހަވާލުކޮށްފިއެވެ.

ޒިއަމިން ލާމު މެރަތަން 2025 އާ ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރާ ބައްދަލުކޮށްފައިވާއިރު ވަޒީރު، އާދަމް ޝަރީފް އަށް ވަނީ ޒިއަމެން ލާމު މެރެތަންގައި ބައިވެރިވުމަށް ރަސްމީކޮށް ދައުވަތު އަރުއްވާފައެވެ.

ފައިސާގެ އިނާމުތަކާއެކު، ޒިއަމެން ލާމު މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 31 ވަނަ ދުވަހުގައެވެ.

މި މެރަތަންގައި ކޮންމެ ކެޓެގަރީ އަކުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted