ގަމު ކައުންސިލްގެ ރައީސް ވެމްކޯގެ އެމްޑީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
Gamu council ge raees WAMCO ge MD aa eku mashvaraa bahdhaluvumeh baahvaifi

ގަމުގައި ކުރިއަށްގެންދާ ވެމްކޯގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވެމްކޯގެ އެމްޑީއާ ބައްދަލުކުރައްވައިފިއެވެ.
ގަމު ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވީ ވެމްކޯއިން ލ. ގަމުގައި ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ކުނި ކޮށީގެ މަސައްކަތާމެދު މަޝްވަރާކުރުމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާއެކު އިތުރު ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިފައިވާނެ ކަމަށް ޒަކީ ވިދާޅުވިއެވެ.
ޒަކީ އިތުރަށް ވިދާޅުވީ އެތަނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ނަރުދަމާ ނިޒާމުވެސް ގާއިމްކުރަން ޖެހޭ ކަމަށެވެ. ހަމަމިއާކު ކުނި މެނޭޖްކުރާ ސިސްޓަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ޒަކީ ވިދާޅުވިއެވެ.
ޒަކީ ވިދާޅުވީ މާލެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ގަން ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތަކާމެދު މަޝްވަރާކުރެއްވުމަށް ހެލްތު މިނިސްޓްރީއާކު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، ސިޓީސް މިނިސްޓަރާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
ގަމު ކައުންސިލް ރައީސްގެ މި ދަތުރުފުޅަކީ ސަރުކާރުގެ މުއައްސަސާތަކާއި ، އެސް.އޯ.އީ ތަކާ ބައްދަލުކުރެއްވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.