މިހާތަނަށް ބޮޑުނުކުރާ ތިން ދާއިރާއެއްގެ މުސާރަ ބޮޑުކުރަން ރައީސް މުއިއްޒު ނިންމަވައިފި

Mihaathanah bodu nukuraa 3 dhaairaa ehge musaara bodukuran raees muizzu ninmavaifi

އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިން ދާއިރާއެއްގެ މުސާރަ ބޮޑުކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

“މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި.” ރައީސް ގެ ޕޯސްޓްގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށެވެ. ޕޭހަމަނައިޒޭޝަންގެ ތެރެއިން މި ސަރުކާރުން ވަނީ މިހާތަނަށް ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments