ގަމުގައި ހިންގި މާރާމާރީއާ ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Gamugai hingi maaraamaareegai 5 meehaku fuluhunge belumuge dhashah gengosfi

ލ. ގަމުގައި ރޭގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގަމުގައި ދެ ބައެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގައިގެން 07 އޮކްޓޯބަރު ދުވަހުގެ ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ފަސް މީހަކު ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ އެއީ 29 އަހަރުގެ ތިން ފިރިހެނުންނާއި، 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެންމެނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މާރާމާރީގައި އެއްްވެސް މީހަކު ވަޅި ޖަހާފައި ނުވާ ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted