ކަސްޓަމްސް އިން ހިފަހައްޓާފައިވާ ތިން މިލިއަން ސިނގިރޭޓް އަންދާލައިފި

Customs Inn Hifahataafaivaa 3 Million Cigarette Andhaalaifi

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.

199 ކޭހުގެ ސިނގިރޭޓް ކަސްޓަމްސް އިން ނައްތާލާފައިވަނީ މިއަދު ކ. ދޫނިދޫ ގައެވެ. ކަސްޓަމްސް އިން ބުނެފައިވަނީ ނައްތާލެވުނު ސިނގިރޭޓް އަކީ ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރެއިން ހޯދާފައިވާ ތަކެތި ކަަމަށެވެ. އެހެންނަމަވެސް އެއީ ކޮން އިރަކު ހިފަހައްޓާފައިވާ ތަކެތި ކަމެއް ކަސްޓަމްސް އިން ބުނެފައެއް ނުވެއެވެ.

މިއަދު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސް އިން ނައްތާލާފައި ވާއިރު، ކަސްޓަމްސް އިން ހިފަހައްޓައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ތަކެއް ވަނީ ދާދި ފަހުން ގެއްލިފައެވެ. އެއީ ދެ ކޮންޓެއިނަރުގައި ހުރި ޖުމްލަ 13.6 މިލިއަން ސިނގިރޭޓެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted