ލ.ހިތަދޫ އަދި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި

 L.Hithadhoo adhi Kunahandhoo koazvey akun gulhaalumuge amaly masakkaiy Raeesul jumhooriyya fattavaa dhevvaifi

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހިތަދޫއަށް ވަޑައިގެން އެރަށުގައި 6 މަސްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ލ.ހިތަދޫ އަދި ކުނަހަންދޫ ކޯޒްވޭއަކުން ގޫޅާލުމުގެ އަމަލީ މަސައްކަތެވެ.

މިކަމަކީ މިދެރަށުގެ ރައްޔިތުން ގިނަދުވަސްތަކެއްވާދެން ކުރަމުންއައި އުންމީދެކެވެ. މީގެ ސަބަބުން އިގްތިސާތީގޮތުން އަދި ސިއްހީގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ދެރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ. މިމަޝްރޫޢު ފައްޓަވައިދެއްވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ.

މީގެ އިތުރުން މިދަތުރުގައި އޭ.ޓީ.އެމް ހުޅުވައިދެއްވައި ހިތަދޫ ބީ.އެމް.އެލް ބްރާންޗްގެ ބިންގާ އެޅުއްވައިދެއްވައިފައިވެއެވެ.

އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ހިތަދޫގެ ވޮލީ ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތް، ފިޓްނަސް އެންޑް ރެކްރިއޭސަނެ ސެންޓަރ އެޅުމުގެ މަސައްކަތް، ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައި އަދި ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ ރަސްމީ މަސައްކަތްވެސް ފައްޓަވައިދެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted