ފޮނަދޫގައި އެމްއެންޔޫ ކެމްޕަހަކާއި ލޭންގުއޭޖް ސްކޫލެއް އިމާރާތްކުރުމަށް ހަވާލުކޮށްފި
Fonadhoogai MNU campahakaai language school eh imaaraaiy kurumah havaalukohfi

ލ. ފޮނަދޫގައި މޯޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކެމްޕަސް އަދި ލެންގުއޭޖް ސްކޫލު އިމާރާތް ކުރުމަށް ހަވާލުކޮށްފިއެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު ލާމު އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.މި ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރޓ) އަހްމަދު ސައުދީ އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ރަހީމާ އަބްދުއްރަހީމެވެ.
މި މަޝްރޫއުތަކާއި ގުޅޭގޮތުން ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެކި ބަސްބަހުން މުއާމަލާތު ކުރަން އެނގޭ މީހުން ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މި ދެ މަޝްރޫއު ވެގެންދާނީ އަތޮޅުގެ ތަރައްގީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެެވެ.
މާލޭއަށް މީހުން ޖަމާކޮށްގެން ހިދުމަތް ދިނުން ނިމުމަކަށް ގެންނާނެކަމަުގެ ރައީސް ދެއްވަވާފައިވާއިރު، ރައީސް ވިދާޅުވީ އޭގެ ސަބަބުން ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ހިދުމަތް ލިބުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.




