ވާދަވެރިން ތިބީ ގައުމު ބަނގުރޫޓް ވާނެ ކަމަށް އަތްޖަހަން ތައްޔާރަށް: އަދުރޭ
Vaadha verin thibee gaumu bangurootu vaane kamah aiy jahan thahyaarah: adhurey

ވާދަވެރިން ތިބީ ވަރަށް ފޯރިއާއެކީގައި ގައުމު ބަނގުރޫޓްވެގެން ހިނގައިދާނެކަމަށް އަތް ޖަހަން ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރެއްވާ ދަތުރުފުޅުގެ ތެރެއިން ލާމު ފޮނަދޫއަސް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ،
އަބްދުއްރަހީމް ވިދާޅުވީ، ފޮނަދޫއަށް އެ ހުޅުވުނީ ތަަރައްގީގެ އައު ސަފުހާއެއް ކަމަށާއި ރައީސްގެ ނަން ރަން އަކުރުން ލިޔުއްވާނެ ކަމަށެވެ. މީގެއިތުރުން، އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ތާރީހުގައިވެސް އެއްފަހަރާ މިހާ ބޮޑެތި މަޝްރޫއެއް ފަށާފައެެއް ނުވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް އެ ގެންދެވަނީ ކެމްޕެއިނު ތެރޭގައި ވައުދުވި ހުރިހާ ވައުދެއް ކަހަލަ ގޮތަކަށް ފުއްދަވަމުން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މަޝްރޫއުތައް ލަސްވުމުގެ ޝަކުވާއެއް ނެތް ކަމަށެވެ. ސަބަބަކީ، ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު މުޅި ގައުމު އޮތް ހާލަތު ވަޒަން ކުރެވި، އިހުސާސް ކުރެވޭ ކަމަށް ވިދާޅުވިއެވެ.
“ވާދަވެރިން ތިބީ ވަރަށް ފޯރިއާއެކީގައި ގައުމު ބަނގުރޫޓްވެގެން ހިނގައިދާނެ ކަމަށް އަތް ޖަހަން ތައްޔާރަށް. ތިން ހަތަރު މަހެއްހާ ދުވަސްތެރޭގައި ރާއްޖެ ބަނގުރޫޓްވެގެން ވެރިކަން ނުކުރެވޭ ހިސާބަށް ގޮސްގެން، އަޅުގަނޑުމެންގެ ޕީއެންސީގެ ވެރިކަން ނިމިގެން ހިނގައިދާނެކަމަށް އަތް ޖަހަން ފޫގަޅައިގެން ތިބީ.”
އެހެންނަމެވެސް، ރައީސްގެ ވިސްނުންފުޅު ތޫނުކަމާއެކީގައި ކަމަކަށް ކަމަކަށް ފަހު ކަމެއް ކުރަމުން، ދެ އަހަރު ހަމަވާން ކުޑަ ދުވަސްކޮޅަކަށްވައިރު، ތަރައްގީގެ މަޝްރޫއުތައް ވަނީ މެކުހަށް ޖަހާފައި ކަމަށް ވިދާޅުވިއެެވެ. އަބްދުއްރަހީމް ވިދާޅުވީ މިއަދާއި ހަމައަށް އައި އިރު ސަރުކާރުން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަިއ ކަމަށެވެ، އޭގެތެރެއިން އެންމެ ބޮޑު ކާމިޔާބީ އަކީ ރާއްޖެ ބަނގުރޫޓް ވިޔަ ނުދީ ދައްކަންޖެހޭ ދަރަނިތައް އަދާކުރުން ކަމަށް ވިދާޅުވިއެވެ.




