ގަމު ވޮލީ މުބާރާތުން ބެސްޓް, ފަޓާނީ އަދި ފޮއެމައްޗަށް މޮޅެއް!
Gamu volley mubaaraathun best,fataanee adhi foemahchah molheh!

ގަމު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތަކުގެ ތެރެއިން, ބެސްޓް އަދި ފޮއެމަތިން މޮޅެއް ހޯދައިފިއެވެ.
އެގޮތުން, ބެސްޓް ސްޕޯޓްސް ކްލަބް ވާދަކޮށްފައިވަނީ އައިލެންޑް ޔޫތް ޔުނައިޓެޑް އާއެވެ. މި މެޗު ބެސްޓް އިން ކާމިޔާބުކޮށްފައިވަނީ 3 ސެޓު, 1 ސެޓް އިންނެވެ. ހަތަރު ސެޓު ގެ ތެރެއިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވާއިރު, އައިލެންޑް ޔޫތު އިން ވަނީ ދެވަނަ ސެޓް ނަގާފައެވެ. އެހެންނަމަވެެސް, ބެސްޓް އިން ފަހު ދެ ސެޓް ނަގާފައެވެ.
މި މެޗުގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދައްކަފައިވާއިރު, މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ, ބެސްޓްގެ ޖާރޒީ ނަމްބަރު 12,މަރިޔަމް ޝިޒާނާއެވެ.
ތިންވަނަ ދުވަހުގެ މެޗުގައި ފޮއެމައްޗާއެކު ބައްދަލު ކުުރީ ލަސާއެވެ. ފޮއެމަތިން ލަސާ ބަލިކޮށް,މެޗު ނެގީ ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޮއެމަތިސްޕޯޓްސް ކްލަބްގެ ޖާރޒީ ނަމްބަަރު 13,ފާތިމަތު ވަސީމާއެވެ.
ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލު ކުރީ ފަޓާނީއާ މާހިންނައެވެ. މި މެޗު 3 ސެޓު 0 ސެޓުން ފަޓާނީ ކާމިޔާބުކޮށްފައިވާއިރު.މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަޓާނީގެ ޖާރޒީ ނަމްބަރު 7 އަހުމަދު އާތިފްއެވެ




