ކަލައިދޫގައި އައުޓްޑޯރ ޖިމެއް އެޅުމަށް އާރުޑީސީއާ ހަވާލުކޮށްފި

Kalaidhoogai outdoor gym eh elhumah RDC aa havaalu kohfi

ލ. ކަލައިދޫގައި އައުޓްޑޯރ ޖިމެއް އެޅުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީީއާ) ހަވާލުކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީގެ މީޑިއާ އިން ބުނީ ރަށްތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް 13 މަޝްރޫއެއް ހަވާލުކޮށްފައިވާއިރު، ލާމު އަތޮޅުގައިވެސް އެއް މަޝްރޫއު ހިމެނޭ ކަމަށެވެ. އެއީ ކަލައިދޫގެ އައުޓްޑޯރ ޖިމް ކަމަށާއި ޖިމްގެ އިކުއިޕްމެންޓްގެ ޗޭންޖިންގ ވޯރކްވެސް އާރުޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މި މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. މި މަޝްރޫއުގެ އަގަކީީ 291،600 ރުފިޔާއެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ 24 މަޝްރޫއެއްގައި ފެނަކަ އަދި އާރުޑީސީ އާއެކު ސްޕޯޓްސް މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted