އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން މާމެންދޫގައި ކުރިއަށްގެންދިޔަ ‘މޫދު ކަސްރަތު’ ޕްރޮގްރާމް ނިންމާލައިފި

MNDF central area commandun maamendhoogai kuriah gendhiya moodhu kasrathu programe ninmaalaifi

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން، އެ ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ‘މޫދު ކަސްރަތު’ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ ލ. މާމެންދޫ ސްކޫލުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި، ޕްރޮގްރާމުން އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް ވަނީ ހަނދާނީ ފިލައާއި ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ޖުލައި 18 އިން އޮގަސްޓް 3 އަށް ލ. މާމެންދޫ ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް، އެ ރަށުގެ 18 ކަނބަލަކު ވަނީ ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމަކީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައި ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ފަންނީ މުދައްރިބުންނެވެ. ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ އޮފިސަރ، ކެޕްޓަން ސިއުތު މުޙައްމަދާއި، ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments