ލ. އަތޮޅު ވޮލީބޯޅަ މުބާރާތުގެ ގުރު ނަގައިފި
Laamu atholhu volley mubaaraathuge guru nagaifi

ލ. އަތޮޅުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ވޮލީބޯޅަ ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ “ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތު” ގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އަތޮޅު ކައުންސިލްގައި މިކަމަށް ބޭއްވި ހަފްލާގައެވެ.
މި މުބާރާތަށް ގިނަ ޓީމުތަކެއްގެ ތަރުހީބު ލިބިފައިވާއިރު، އަންހެން ޑިވިޝަންގައި ޖުމްލަ ހަ ޓީމު ބައިވެރިވެއެވެ. އަދި ފިރިހެން ޑިވިޝަންގައި ހަތަރު ޓީމު ބައިވެރިވާކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ. މި މުބާރާތަކީ އަތޮޅުގެ ވޮލީބޯޅަ ކުޅުންތެރިންނަށް ތަޖުރިބާ ހޯދުމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއެރުމަށް ރަނގަޅު ފުރުސަތެއް ކަމަށް ބެލެވެއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރ މަހުގެ 28 ވާ ހުކުރު ދުވަހުގެ ހަވީރެވެ. މުޅި މުބާރާތް ކުރިޔަށް ދާނީ ލ. ފޮނަދޫގެ މެދުއަވަށު ވޮލީކޯޓްގައެވެ.




