ގަމު ކައުންސިލް ބައިބަލާ ޗެލެންޖް އިންތިޒާމުކޮށްދޭނެ ފަރާތެއް ހޯދަނީ

Gamu Council baibalaa challenge inthizaamukohdheyne faraatheh hoadhanee

”ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025″ ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން އިންތިޒާމުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ގަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން، މިއަންނަ މަހު 07 ގައި ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025″ ބައިބަލާ އެސޯސިއޭޝަންއާ ގުޅިގެން މުބާރާތް އިންތިޒާމްކޮށް ހިންގުމަށް ޝައުގުވެރިކަން ހުރި ގަމުގެ ކްލަބު ޖަމިއްޔާތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިމަހު 13 ވަނަ ދުވަހު ހެނދުނު 10:45 ގައި ކައުންސިލްގެ ސެމިނަރ ރޫމްގައި އޮންނާނެ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު،11:00 ގެ ކުރިންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted