މާމެންދޫގެ ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ރައްޔިތުންނާއެކު ބައްދަލުވުންތަކެއް ބާއްވަނީ
Maamendhooge kuriah oiy 5 aharuge tharahqeege plan ekuavaalumah rahiyithunna eku bahdhaluvunthakeh baahvanee

ލ. މާމެންދޫގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގެ ގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށް ޚާއްޞަ ބައްދަލުވުންތަކެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މާމެންދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތުގެ ދަށުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތައް ކުރިއަށްދާނީ ލ. މާމެންދޫ ސްކޫލްގައެވެ.
މި ބައްދަލުވުންތައް ތާވަލުކުރެވިފައިވަނީ 8 އަދި 9 އޮކްޓޫބަރުގައެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން 8 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:15 އިން 22:30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި 9 އޮކްޓޫބަރު 2026 ވާ ހުކުރު ދުވަހު ދެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެ ދުވަހުގެ ހަވީރު 14:15 އިން 17:30 އަށް ބާއްވާ ސެޝަނަކާއި، އެ ރޭ 20:15 އިން 22:30 އަށް ކުރިއަށްދާ ސެޝަނެކެވެ.
ރަށުގެ ތަރައްޤީގެ މުހިންމު ޕްލޭން އެކުލަވާލުމަށް ބާއްވާ މި ބައްދަލުވުންތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، ޚިޔާލާއި މަޝްވަރާ ދެއްވުމަށް މާމެންދޫ ކައުންސިލުން ވަނީ އެދިފައެވެ.




