މަގޭ ސާފުރާއްޖެ 2025 މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފި
Magey SaafuRaajje 2025 kaamiyaabukamaaeku ninmaalaifi

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން ލ.ގަމުގައި ކުރިއަށް ގެންދިޔަ “މަގޭ ސާފުރާއްޖެ” މަހާސިންތާ، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމާއި، މި ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ބޭއްވި މި މަހާސިންތާގައި، 9 އަތޮޅުގެ 88 ރަށުގެ މަންދޫބުން ބައިވެރިވިއެވެ.
މި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ ގަމުގައި، ހޯމަދުވަހުން ފެށިގެން ބުދަދުވަހުގެ ނިޔަލަށެވެ. ބައިވެރިން ވަނީ ކުނި މެނޭޖުކުރުމަށް ހުރި ގޮންޖެހުންތަކާއި، މި ދާއިރާގައި ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަ ދައްކައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
“މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025” ގެ ނަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
މަހާސިންތާ ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ކުންޏާ ބެހޭ ޚާއްސަ ޑޭޓާބޭސް އެއް ވަނީ އިފްތިތާހުކުރެވިފައެވެ.




