ގަމުގައި ދިވެހި ބޭހާއި ބެހޭ ވޯކްޝޮޕް އެއް ބާއްވަނީ
Gamugai dhivehi beyhaai behey workshop eh baahvanee

ލ.ގަން ކައުންސިލާއި ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިން އާ ގުޅިގެން ގަމުގައި ދިވެހި ބޭހާއި ބެހޭ ވޯކްޝޮޕްއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.
މި ވޯކްޝޮޕް ކުރިއަށްދާނީ މިމަހު 8 ވަނަ ދުވަހު ގަމުގައެވެ.
މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެޝަނުގައި ސިއްހަތަށް ފައިދާ ހުރި ކާނާ، ފަތްޕިލާވެލީގެ މައުލޫމާތާއި ދިވެހި ބޭހުގެ މައުލޫމާތު އަދި ގޭގައި ލިބެން ހުންނަ ބާވަތްތަކުން އަވަސް ފަރުވާ ހޯދުން ހިމެނެއެވެ. މި ސެޝަން ކުރިއަށްދާނީ މެންދުރު 02:30 އިން ހަވީރު 06:00 އަށެވެ.
ދެވަނަ ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:00 އިން 10:30 އަށެވެެ. މި ސެޝަނުގައި ހޯމް ރެމެޑީއާއި ބޭސް ތައްޔާރު ކުރާނެ ގޮތް، ޕްރެކްޓިކަލް، ބޭސްގަނޑު އެޅުން އަދި ފުޓް މަސާޖު ކުރާނެގޮތް ވެސް ކިޔައިދޭނެއެވެ.
މި ވޯކްޝޮޕްގައި ނަން ނޯޓްކުރުމަށް ގުޅާނީ 7681515 އަދި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7939899 އަށެވެ.




