ބީ.އެމް.އެލް އަތޮޅު ޗެމްޕިއަންޞިޕްގެ މެޗުތައް މިއަދު ފަށަނީ

BML Atoll Championship ge Match thah miadhu fashany!

އެފްއޭއެމް އިން ކުރިއަށް ގެންދާ އަތޮޅު ފުޓުބޯޅަ މުބާރާތް، ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގެ ލ. އަތޮޅުގެ މެޗުތައް މިއަދު ހަވީރު ފެށުމަށް ނިންމައިފި އެވެ.

ކުރިން މި މުބާރާތް ފަށަން އިއްޔެ އަށް ތާވަލުކުރި ނަމަވެސް، ވިއްސާރައިގެ ސަބަބުން އިއްޔެގެ މެޗު ފަސްކުރަން ވަނީ ޖެހިފަ އެވެ.

އެފްއޭއެމް އިން ކުރިއަށް ގެންދާ މި މުބާރާތުގައި ލ. އަތޮޅުން ވާދަކުރަނީ ގަން، މާބައިދޫ، ކުނަހަންދޫ އަދި ފޮނަދޫ އެވެ.

މިއަދު ހަވީރު ކުޅޭ މެޗުގައި މާބައިދޫ އިން ނުކުންނާނީ ކުނަހަންދޫއާ ދެކޮޅަށެވެ. މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ގަމު ޒޯން ސްޓޭޑިއަމްގަ އެވެ.

ލ. އަތޮޅުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

މި ފަހަރުގެ އަތޮޅު މުބާރާތުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ ފުރަތަމަ ޑިވިޝަނަށް ޓީމުތަކަށް އާދެވޭ ގޮތަށް ހަތަރު ރީޖަނަކަށް ބަހައިލައިގެން މުބާރާތް ކުރިއަށް ގެންދިޔުމެވެ. އެއީ ނޯތު ރީޖަން، ސައުތު ރީޖަން، ސެންޓްރަލް ރީޖަންގެ އިތުރުން މާލެ ރީޖަން އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted