ނުރައްކާތެރިވާ މިންވަރަށް ވައި ނުސާފުވެ، ގަމަށް ރީނދޫ ސަމާލު!
Nurahkaatheri vaa minvarah vai nusaafuve, gamah reendhoo samaalu!
ނުރައްކާތެރިވާ މިންވަރަކަށް ރާއްޖެގެ އެކިހިސާބުތަކުގައި ވައި ނުސާފުވެފައުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ހާމަކުރީގޮތުގައި އެންމެ ވައި ނުސާފުވެފައިވަނީ މާލެ ސަރަހައްދަށެވެ. އެގޮތުން، މާލޭ ސަރަހައްދުގައި ވައިގެ ކޮލިޓީ ހުރީ 120 އަށްވުރެ މަތީގައެވެ. މާލޭ ސަރަހައްދުގެ އިތުރުން އެންމެ ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވަނީ ދ. ކުޑަ ހުވަދޫއަށެވެ.
މާލޭ ސަރަހައްދަށާއި ދ. އަތޮޅަށް ރަތް ސަމާލު ނެރެފައިވާއިރު، ފުވައްމުލަކަށް ވަނީ އޮރެންޖު ސަމާލު ނެރެފައެވެ. ލާމު ގަމާއި އައްޑޫ އަދި ށ ފުނަދޫ އަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ގަމުގައު ވައިގެ ކޮލިޓީ ހުރީ 90 އަށް ވުރެ މަތީގައެވެ.
ރަތް ސަމާލު: ސިއްހަތަށް ނޭދެވޭ އަސަރު ކުރުމާއި ފުއްޕާމެޔާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް ބޮޑު.
އޮރެންޖު ސަމާލު: ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު
ރީނދޫ ސަމާލުގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާއިރު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާންޖެހެއެވެ.




