މަސްތުވާތަކެއްޗާއެކު މާލެއިން 4 މީހުން ހައްޔަރުކޮށްފި
Masthuvaa thakehchaa eku Male’ in 4 meehaku hayyaru kohfi

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރީ:
އއ. މާޅޮސް / ޗާންދަނީގެ، އަލީ ސައިފު (27އ)
ލ. ގަން / މުކުރިމަގު، އޯޝަންރީޑް، އަޙްމަދު ނިޘާމް (30އ)
އއ. މާޅޮސް / ނޫމާގެ، އަޙްމަދު ޝާމިލް (28އ)
ސ. ހިތަދޫ / ބޯށިވަލުގެ، ޙުސައިންދީދި (45އ)
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީން ވިޔަފާރިކުރާކަމަށް ތުހުމަތުކޮށްފައެވެ. މި ހަތަރު މީހުންވެސް ހައްޔަރުކުރީ މާލެއިންނެވެ.
މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަޜޭޝަންގައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ (5.23 ގުރާމް) ގެ ތަކެތި ވަނީ ފެނިފައެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 10،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނިޘާމް (30އ) ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބާކީތިބި ތިން މީހުން ބަންދުކުރީ 5 ދުވަހަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




