ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ

Gamugai hingi accidenteh gai aniyaa vegen faruvaa dhemun dhiya zuvaanaku niyaavehje

ލ.ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެންް ފަރުވާދެމުން ދިޔަ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.

މިދިޔަ މަހު ލ.ގަމު ލިންކްރޯޑްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ކ.ގުރައިދޫ އުމުރުން 19 އަހަރުގެ އާއިޝަތު އަމްނާ މުފީދުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، މާންދޫ ބެންޑުން ކޮންޓްރޯލް ނުވެ، ހޮޅިދަނޑިއެއްގައި ޖެހިގެނެވެ.

އަމްނާ ނިޔާވެފައިވަނީ މާލޭ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

އަމްނާގެ ޖަނާޒާ ބާއްވާފައިވަނީ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted