އެމް.އެން.ޔޫ ޖޮބް ފެސްޓިވަލް މި ޖޫން މަހުގެ 3 އަދި 4 ގައި ހަމަދު ސްކޫލް ހޯލުގައި ބޭއްވުމަށް ނިންމައިފި

MNU Job festival mi June mahuge 3 adhi 4 gadi hamadh school hall ga beyvvumah ninmaifi

ވަޒީފާގެ ފުރުސަތުތައް ދައްކުވައިދިނުމުގެ މަގުސަދުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކުރާ “ޖޮބް ފެސްޓިވަލް” މި ޖޫން މަހުގެ 3 އަދި 4 ވަނަ ދުވަހު ލ. ގަމު ހަމަދު ސްކޫލުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ލ. ގަމު ހަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލްގެ ހޯލުގައި ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ އެ ދެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ފެސްޓިވަލަކީ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މައުލޫމާތު ބަދަލުކުރުމަށް ހުޅުވާލެވޭ ރަނގަޅު ފުރުސަތެކެވެ.

މި ފަހަރުގެ ފެސްޓިވަލްގައި ޖުމްލަ 14 ފަރާތަކުން ބައިވެރިވެ، ސްޓޯލްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ މުވައްސަސާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަލާމަތީ ޚިދުމަތްތައް ހިމެނެއެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަކީ:

ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ
ލ. ގަމު ކައުންސިލް އިދާރާ
ގަމު ރީޖަނަލް ހޮސްޕިޓަލް
މޯލްޑިވްސް އިމިގްރޭޝަން
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)
ނޭޝަނަލް ކެރިއަރ ސާރވިސަސް
މޯލްޑިވްސް ޕޮލިސް ސާރވިސް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)
މަންތާ ކޮންސަވޭޝަން ޕްރޮގްރާމް
ދިރާގު
ހޮރައިޒޯން ފިޝަރީޒް
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)
ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)
އެމް.އެން.ޔޫ ގަމު ކެމްޕަސް

މި ފެސްޓިވަލްގައި ބަހައްޓާ ކޮންމެ ސްޓޯލަކުންވެސް އެ މުވައްސަސާއެއްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ މަގުތަކާއި، ތައުލީމީ އަދި ތަމްރީނީ ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ސްޓޯލްތަކުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

އެމް.އެން.ޔޫ އިން ބުނިގޮތުގައި މި ފެސްޓިވަލްގެ މައިގަނޑު ބޭނުމަކީ ކިޔަވާ ނިމޭ ދަރިވަރުންނަށާއި ވަޒީފާގެ ބާޒާރަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް، ރަށުގައި ތިބެގެން ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ. އެހެންކަމުން ވީހާވެސް ގިނަ ޒުވާނުންނާއި އާންމުން މި ފެސްޓިވަލަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދުމަކީ އެ ޔުނިވާސިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments