މާބައިދޫ ކައުންސިލުން ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އެގްޒަމިނަރަކު ހޯދަން އިއުލާނުކޮށްފި

Maabaidhoo councilun kandu ulhandhu dhuhvumuge license examiner aku hoadhan iulaanukohffi

ހައްދުންމަތީ މާބައިދޫ ކައުންސިލުން ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމަށްޓަކައި ހަދަންޖެހޭ އިމްތިހާންތައް ހަދައިދޭނެ އެގްޒަމިނަރަކު ހޯދުމަށް އިއުލާނުކޮށްފިއެވެ. ކައުންސިލުން ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށްދާނީ ކައުންސިލުން ކަނޑައަޅާ ވަގުތެއްގައި އަދި ކަނޑައަޅާ ތަނެއްގައެވެ.

ޝަރުތުތަކާއި އިސްކަންދެވޭ ކަންކަން

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު، ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. މީގެއިތުރުން ކަނޑު އުޅަނދު ލައިސަންސްގެ ގިނަ ކެޓަގަރީތައް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް ކައުންސިލުން ބަޔާންކޮށްފައިވެއެވެ.

މި މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަދާ ކޮންމެ އިންތިހާނަކަށް -50 (ފަންސާސް) ރުފިޔާ އެވެ. މަޤާމަށް އެދި ހުށަހަޅާއިރު ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ކޮޕީ، ނިޔަމިކަމުގެ ސަނަދުގެ ކޮޕީ އަދި ތަޖުރިބާ ހާމަކޮށްދޭ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ.

މާބައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 7 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން އެ އިދާރާއަށް ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments