ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތަކެތި ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާކޮށްފި

Kuhli haalaiythakugai beynun kuraa thakethi dhivehi fuluhunge hidhumathah hadhiyaa kohfi

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އަތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން، ކުއްލި ހާލަތްތަކުގައި ބޭނުންކުރި ބައެއް ސާމާނު ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާކޮށްފިއެވެ.

އެގޮތުން ޖުމުލަ ފަސް ދާއިރާއަކުން 2064 އައިޓަމް ފުލުހުންނަށް ވަނީ ހަދިޔާކޮށްފައެވެ. އޭގެތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރު، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި، ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީޕީއީ) ހިމެނެއެވެ. މި ތަކެތީގެ އަގަކީ 2.6 މިލިއަން ދިވެހި ރުފިޔާއެވެ.

މި އެހީއަކީ ޔޫއެންޑީޕީ ފަންޑިން ވިންޑޯސްގެ “ރިޑްސް އިން ސިޑްސް” މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ތަކެއްޗެވެ.

އެންޑީއެމްއޭ އިން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުން ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments