ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭނެ ގޮތް ހަދައިފި

Siyaasee party thakun vaguthun vakivevey goiy hadhaifi

ސިޔާސީ ޕާޓީތަކަށް ވަގުތުން ރަޖިސްޓްރީވުމަށާއި، ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭނެ ގޮތް އިލެކްޝަންސް ކޮމިޝަން( އީސީ ) އިން ހަދައިފިއެވެ.

ޕާޓީތަކަށް ރަޖިސްޓްރީވުމާއި، ޕާޓީތަކުން ވަކިވުމަށް ލުއި ފަސޭހަ  ބަދަލުތަކެއް އީސީއިން ވަނީ ގެނެސްފައެވެ. އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުމާއި،ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން އަދި ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުން ހިމެނެއެވެ.

އީސީ އިން ވަނީ ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، ވަގުތުން ޕާޓީއިން ވަކިވާނެ ގޮތަށް ބަދަލުކޮށްފައެވެ.

އީސީ އިން ބުނީ، ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދިނުން އަދި މި މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕާޓީއިން ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީ ވާނެ ކަމަށެވެ.

މީގެއިތުރުން، ކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، އީސީގައި ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސްމަޤާމުން ވަކިވުމަށް ހުށަހަޅަންވާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ހަމަމިއާއެކު، ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކިވާނެ ކަމަށް  އީސީއިން ބުނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments