ސިޓިޒެން ސްޕޯޓްސް ކްލަބް ފައިނަލަށް

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސިޓިޒެން ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ސިޓިޒެން އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ބުރާސްފަތި ދުވަހުގެރޭ 3-0 ގެ ނަތީޖާއަކުން ދަ ގުރޫޕު ބަލިކުރުމަށްފަހު އެވެ. މިއާއެކު، ސިޓިޒެން އިން ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ތާވަލުގެ އެއްވަނަ ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު ސިޓިޒެން އިން ކާމިޔާބުކޮށްފައިވަނީ 25-12 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް، ދެވަނަ ސެޓު ދިޔައީ ފުރަތަމަ ސެޓަށްވުރެ ވާދަވެރިކޮށެވެ. ދެވަނަ ސެޓު ސިޓިޒެން އިން ކާމިޔާބުކުރީ 25-17 އިންނެވެ. މެޗުގެ ފަހު ސެޓު ސިޓިޒެން އިން ކާމިޔާބުކުރީ 25-14 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސިޓިޒެންގެ ޖާޒީ ނަންބަރު 5، އިބްރާހިމް ފަޒީލް އެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މިރޭ ކޭއެމް ސްޕޯޓްސް ކްލަބާއި ދަ ގުރޫޕު ބައްދަލުކޮށްގެން މޮޅުވާ ޓީމަކަ ށެވެ. ސިޓިޒެން އަތުން ކޭއެމް ބަލިވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

ބުރާސްފަތި ދުވަހުގެރޭ އަންހެން ޑިވިޝަނުގެ ޑީޑީއެފް ގާލްސް ޖެނެރޭޝަނުންވެސް ވަނީ 3-0 ގެ ނަތީޖާއަކުން ޓީމް އަޒުމް ބަލިކޮށްފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments